ޑީއާރުޕީގެ ޒައީމު އަދި ހުދުމުހުތާރު ވެރިޔާ މައުމޫނުއަބްދުލްޤައްޔޫމު ކެންޕޭން ދަތުރުފުޅުގައި އަތޮޅު ތެރެއަށް ވަޑައިގެންނެވުމުން ބައެއްރަށްރަށުން ރީނދޫ ކުލައިން މަރުހަބާ ކިޔާތީ އެކަމާއި ކަންބޮޑު ނުވާކަމަށް ވިދާޅުވެ، ހަމައެބީދައިން ކޮންމެ ރަށަކުން ރީނދޫ ކުލައިން މަރުހަބާކިޔާނަމަ ހަމަ އެގޮތަށް ޖަވާބުދާރީވާން ވިސްނަމުންދާކަމަށް މައުމޫނު ކެންޕޭން އޮފީހުން ބުންނަފައިއެވެ. މިވަނީ ކިހިނެތްބާއެވެ. ޒައީމު ކަންބޮޑެއްނުވެއެވެ. އެކަމަކު ކެންޕޭން އޮފީހުން ރައްދުދޭން ވިސްނަންފަށައިފިއެވެ.
މައުމޫނުގެ ކެންޕޭން އޮފީހުން އިއްޔެ އާންމުކުރި ހަބަރެއްގައި ބުނަނީ ހއ ދިއްދޫއަށް މައުމޫނު ވަދައިޑަތުމުން ކިޔުނު މަރުހަބާގެ ތެރޭގައި ރީނދޫކުލައިގެ މަރުހަބާވެސް ހިމެނޭކަމަށެވެ. ނަމަވެސް އެކަމާއި ކަންބޮޑު ނުވާކަމަށް ބުނެފައިވެއެވެ. އަދި ހަމަ އެދުވަހު އާންމުކުރި އެހެން ހަބަރެއްގައި ބުނަނީ ޒައީމު ރަށްރަށަށް ވަޑައިގަންނަވާއިރު ރާވައިގެން ކިޔަމުންދާ ރީނދޫ ކުލައިގެ މަރްހަބާއަށް ބަދަލެއް ނާންނަނަމަ ހަމަ އެގޮތަށް ޖަވާބްދަރީވާން މައުމޫނު 2008 ކެމްޕެއިނުން ވިސްނަމުންދާކަމަށެވެ. ހަމައެހެންމެ ރީނދޫކުލައިން މަރުހަބާ ކިޔަނީ ކުރީންރާވައިގެން، މަލީގޮތުންނާއި، ހިތްވަރުގެ ގޮތުން އެހީތެރިވެދީގެން ބަޔަކު ލައްވައިކަމަށް ވެސް ބުނެފައިވެއެވެ. އަދި އެކެންޕެއިން އޮފީހުން ސިޔާސީ ޕާޓީތަކަށް ގޮވާލާފައިވަނީ ޑިމޮކްރަސީގައި އޮންނަ މިނިވަންކަން އެހެން ފަރަތްތަކުގެ ހައްޤަށް އަރައިނުގަނެ ބޭނުން ކުރުމަށެވެ.
ސުވާލަކީ ރާވައިގެން ރީނދޫ ކުލައިން މަރުހަބާ ކިޔާއިރު ޒައީމު ރަށްރަށަށް ސަރުކާރު އުޅަނދުގައި ވަޑައިގަންނަވަނީ އެއްވުސް ރޭވުންތެރިކަމެއްނެތިތޯއެވެ. އަނެއް ސުވާލަކީ މިހާރުވެސް ނޫކުލައިން މަރުހަބާ ކިޔާމީހުން މަދު އެހާމެ ތަދު ދުވަސްވަރެއްގައި ނޫކުލައިން މަރުހަބާ ކިޔަން މީހުންނެރެނީ ދައުލަތުގެ މާލިއްޔަތާއި، އާރާ ބާރުން ހިތްވަރުދީންގެންބާވެ؟ ސުވާލަކީ ރީނދޫކުލަ ގިނައިން ފެނުނީމާ އެއްވެސް މީހެއްގެ ހައްޤެއް އަބުރެއް، އިއްޒަތެއް ގެއްލެނީބާވެ؟
Contributors

Blog Archive
-
▼
2008
(11)
-
▼
September
(10)
- ....އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ ދިގު ދަތުރައް އ...
- މައުމޫނަށް ދީނީ ޢިލްމުވެރިންގެ ރައްދު
- ކުޑަ ކުޑަ އަންހެން ކުއްޖަކަށް އަދުގެ ސަރުކާރުން ދޭ...
- ލާދީނީ ވެރިޔާ މައުމޫނު، މުނާފިޤުކަމުގައި ހައްދު ފަ...
- ރައީސް މައުމޫނުގެ ވެރިކަން ވައްޓާލަންވީ ހަމަ މަގުމ...
- ރީނދޫ ކުލައިން މަރުހަބާ ކިޔާތީ ޑީއާރުޕީގެ ޒައީމު ކ...
- ރިޔާސީ ގަނޑުވަރަށް ނާށިގަނޑު ހިފައިގެން ސަލާންޖަން...
- މައުމޫނުގެ ސިޔާސަތު، ހެއްލުންތެރިކަމާއި އޮޅުވާލުމު...
- އަނިޔާ ވެރިކަމާއި ދެކޮޅަށް ކުރާ ދިގު ދަތުރަށް އެރު...
- މައުމޫނަށް ދީނީ އިލްމު ވެރިންގެ ރައްދު
-
▼
September
(10)
Sunday, September 28, 2008
ރީނދޫ ކުލައިން މަރުހަބާ ކިޔާތީ ޑީއާރުޕީގެ ޒައީމު ކަންބޮޑެއްނުވެޔޯ ؟ ދެންމިވަނީ ކިހިނެތް ؟
Posted by
ހުސައިން ޒަބީރު
at
12:04 PM
Subscribe to:
Post Comments (Atom)
0 comments:
Post a Comment