Sunday, September 28, 2008

ރައީސް މައުމޫނުގެ ވެރިކަން ވައްޓާލަންވީ ހަމަ މަގުމައްޗައް ނުކުމެގެންތަ؟

18 ސެޕްޓެމްބަރު 2008 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ފުޅު ދައްލަވަމުން ލ އަތޮޅު މެންބަރު މޫސާ މަނިކު ވިދަޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ސުޕްރީމް ކޯޓު ކޮންޓްރޯލްކުރެވިގެން ނުވާނެކަމަށާއި، އެކަން އެގޮތަށްކުރަން ނިންމައިފިކަމުގައި ވާނަމަ، އިންޞާފު ހޯދަން މަގުމައްޗަށް ނުކުންނާނެކަމަށެވެ. އެގޮތުން އެކަން އެގޮތައް ވެއްޖެނަމަ އެއްވެސް އިންތިހާބެއްގައި ވޯޓު ނުލުމަށް މުޅި ރާއްޖެއަށް މޫސާ މަނިކު ގޮވާލެއްވިއެވެ. އަދި ރައްޔިތުން ނުކުމެ މަގުމަތިން މިކަން ނިންމުން ނޫންގޮތެއް ނޯންނާނެކަމަށާއި އެގޮތަށް ނުކުމެއްޖެނަމަ ސަރުކާރުން ބިރުވެސް ގަންނާނެކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.
މޫސާ މަނިކަށް ސަރުކާރުން ކުރި އަނިޔާގެ ތަޖްރިބާ؟
'
ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ގެއްލިގެންގޮސް އެތައް ޒަމާނެއްވަންދެކަށް ޚުދުމުހުތާރު ވެރިކަމެއްކުރަމުން ގެންދިޔަކަމާއި ކޮންމެގޮތެއްވިޔަސް ވެރިކަމުން ނުފައިބާނެކަމާއި އިސްތިޢުފާދޭން ނުޖެހޭނެކަމަށް ރާއްޖޭގައި މިދިގު ތާރީޚުގައި ވެރިކަންކުރި މީހާ ބުނިތާ އަދި މިއުޅެނީ 48 ގަޑިއިރު ހަމަނުވެގެން. މިޤައުމު ހިނގަމުންއައިގޮތް ރަނގަޅަށް އެނގޭ. އަޅުގަނޑު މިއީ އަނިޔާ ލިބިފައިހުރި މީހެއް. ވަރަށް އަސަރާއެކީގައި މިދަންނަވަނީ. އަޅުގަނޑަކީ ހަމަ އެއްވެސް ޙައްޤުންކަމަކާނުލާ 14 އަހަރާއި 9 މަސްދުވަހުގެ ޙުކުމެއްކޮށް ޖަލަށްލާފައި ހުރި މީހެއް. އެކަން ފާހަގަކުރުމެއްނޫން ބޭނުންވަނީ. އެކަމަކު، އެދުވަހު އެޓަރނީ ޖެނެރަލްގެ އޮފީހުގައި ތިބެގެން އަޅުގަނޑުގެ މައްޗަށް ދޮގު ރިޕޯޓް ލިޔުނު މީހުން މިއަދުވެސް އެބަތިބި އަޅުގަނޑުމެންނަށް ފެންނަ ހިސާބުގައި އަތުޖެހޭ ހިސާބުގައި. އަދި ވަރި ކައިވެނީގެ މައްސަލައިގައި ކޯޓުތަކަށް ދިޔައިމާ މިނިސްޓަރުން ފެންވަރުގައި ތިބި މީހުންގެ ކޮޓަރި ކޮޓަރިއަށް ވައްދާފައި ސަރުކާރުން ޢަދުލެއް އިންޞާފެއް ނެތި ކޯޓުގެ އުސޫލާއި ޚިލާފަށް އެއްޗެއް ބުނީމާ ހަޅޭއްލަވާފައި ކޮޓަރިތަކުން ދަމާ ނެރުނު މީހުންވެސް އަޅުގަނޑުމެންނަށް އަތްފޯރާ ހިސާބުގައި އެބަތިބި. ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ، މީހުން މަރާ، ދިވެހި ރައްޔިތުންގެ ތެރޭގައި ޢަދުލުއިންޞާފެއްނެތި މީހުންގެ މުދާ ފޭރިގަނެ ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ ރައްޔިތުން ގަޔަށް ފާޅުގައި ބަޑިޖަހާ ދިވެހި ދަޢުލަތުގެ މިލްކިއްޔާތު އަމިއްލަ އެއްޗަކަށް ހެދި މީހުންވެސް އަތްފޯރާ ހިސާބުގައި އެބައުޅޭ..... މީގެ 14 އަހަރުކުރީގައި ހަތަރެސްފައިގައި ބިޑިއަޅާފައި ގުދަށް ބާއްވާފައި މައިބަދައަށް ފައިންއަރާ ލަނބާލީމާ. އިންނާނެތޯ އަޅުގަނޑު. މަރުނޫންތޯވާނީ އެތަނުގައި. އެކަމަކު، އަޅުގަނޑު ދަންނަވާނީ މިޤައުމުގެ ރައްޔިތުންނަށް ޢަދުލުއިންޞާފު ލިބުންއޮތީ ވަރަށް ކައިރީގައޭ. މިއަދު ފެނިވަޑައިގަންނަވާ ކޯޓެއް ނަންގަވާށޭ. މައްސަލައެއްނޫނޭ އެއީކީ. އެބޭފުޅުންނަށް ފެނިވަޑައިގަންނަވާގޮތަކަށް ކަންކަން ނަންގަވާށޭ. ނަންގަވައިގެން ސަލާމަތްކޮށް ހިފަހައްޓާލެވޭނީ މިއިންތިޚާބު ނިމެންދެކަށޭ. ދިވެހި ރައްޔިތުންނެއް ދެނެއް މިހާރު މިއޮތް ސަރުކާރެއް މިތަނަކަށް ނުގެންނާނެއޭ..... އަޅުގަނޑު ޖަލަށްލާފައި އަޅުގަނޑުގެ އަންހެނުން ގެންގޮސް އިސްތަފާ އިބަރާޙީމް މަނިކު އޭނައާއި ދޭތެރޭގައި ޖިންސީގުޅުން ހިންގަން އުޅުނުކަން އެނގޭތޯ އަހާލަބަލަ. ނޭނގޭނެ. އެހެން ނޭނގޭނެތާ. އެހެންވީމަ، އެކަހަލަ ކަންތައްތައް ބައިވަރު އެބަހުއްޓޭ ޢިއްޒަތްތެރި ރައީސް" މޫސާ މަނިކު ވިދާޅުވިއެވެ. މިއީ 18 ސެޕްޓެމްބަރު 2008 ގައި މޫސާ މަނިކު ދެއްވިވާހަކަފުޅުތެރެއިން ބައެކެވެ.

18
ސެޕްޓެމްބަރު 2008 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ފުޅު ދައްލަވަމުން ލ އަތޮޅު މެންބަރު މޫސާ މަނިކު ވިދަޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ސުޕްރީމް ކޯޓު ކޮންޓްރޯލްކުރެވިގެން ނުވާނެކަމަށާއި، އެކަން އެގޮތަށްކުރަން ނިންމައިފިކަމުގައި ވާނަމަ، އިންޞާފު ހޯދަން މަގުމައްޗަށް ނުކުންނާނެކަމަށެވެ. އެގޮތުން އެކަން އެގޮތައް ވެއްޖެނަމަ އެއްވެސް އިންތިހާބެއްގައި ވޯޓު ނުލުމަށް މުޅި ރާއްޖެއަށް މޫސާ މަނިކު ގޮވާލެއްވިއެވެ. އަދި ރައްޔިތުން ނުކުމެ މަގުމަތިން މިކަން ނިންމުން ނޫންގޮތެއް ނޯންނާނެކަމަށާއި އެގޮތަށް ނުކުމެއްޖެނަމަ ސަރުކާރުން ބިރުވެސް ގަންނާނެކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

0 comments:

Layout and design by - Suren Suren